ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމުގައި ޢަމަލުކުރަންވީ ގޮތް

އާމިނަތު މުނީފާ 10އޭ

ސްކޫލުގައި އުޅޭއިރު ދަރިވަރުން ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމަކީ އެ ކުދިން، އެ ކުދިންގެ އަމިއްލަ ކުރިމަގަށްޓަކައި ކޮށާ ވަރަށް މުހިންމު މަގެކެވެ. އެހެނީ، ބައެއް ކުދިންނަކީ އެ ކުދިންގެ ސްކޫލުގެ ޙަޔާތް ނިމޭއިރު ވެސް ކުރިއަށްދާނޭ ދާއިރާއެއް ކަނޑަނޭޅި ހަތަރު އަނގޮޅި ކަންމައްޗެއްގައި ތިބެވޭ ކުދިންނެވެ. އެހެންކަމުން ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ހިއްސާކޮށްލާނަމެވެ.

ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމަށް ޓަކައި ގްރޭޑު 8އަށް ދިޔުމުގެ ކުރިން އެކުއްޖަކު ކުރިއަށްދާން ބޭނުންވާ، ޝައުގުވެރިވާ ދާއިރާތައް ބަލާށެވެ. އަދި އެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު އެއްކުރާށެވެ. ހަމައެއާއެކު އެ ދާއިރާއަކުން ކުރިއަށް ދިޔުމަށް ކޮންމެހެން ކިޔަވަންޖެހޭ މާއްދާތަކަކީ ކޮބައިތޯ ބަލާށެވެ. އަދި އެ ދާއިރާއިން ފަހިވެފައި ހުރި ފުރުޞަތުތަކާއި އަދާކުރެވޭނޭ ވަޒީފާތައްވެސް ބަލާށެވެ. އޭރުން ޝައުގުވެރި ދާއިރާއެއް ކަނޑައަޅަން ފަސޭހަވާނެއެވެ.

ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ޝައުގުވެރި ދާއިރާއެއް ކަނޑައެޅުމަށް ކުރިން ހޯދައި ބެލި މަޢުލޫމާތަށް ރިއާޔަތްކޮށް، ގްރޭޑު 9ގައި ކިޔަވާނޭ ސްޓްރީމް ނަގާށެވެ. އެއަށްފަހު ސްޓްރީމުގައި ހިމެނޭ މާއްދާތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ކޮންމެ އިމްތިޙާނަކުންވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިންމަތާއެކު ކިޔަވާށެވެ. އަދި ލިބޭ ނަތީޖާއަށް ބަލައި އެ މާއްދާތަކާ ގުޅޭ ޝައުގުހުރި ދާއިރާއެއް ނުވަތަ ދެތިން ދާއިރާ އިޚްތިޔާރުކުރާށެވެ. އޭރުން އޮންނާނީ އެކުއްޖަކު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމުގެ ފުރަތަމަ މަރުހަލާ ނިމިފައެވެ.

ސްކޫލުގައި އުޅޭއިރު އެ ކުއްޖަކު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމަކަށްވާއިރު ގްރޭޑް 8ގައި އުޅޭއިރު ޝައުގުވެރި ދާއިރާތަކާ ބެހޭ މަޢުލޫމާތު އެއްކުރާށެވެ. އެއަށްފަހު އެ ދާއިރާއާ ގުޅޭ މާއްދާތައް ހިމެނޭ ސްޓްރީމު އިޚްތިޔާރުކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މި އިރުޝާދުތަކަށް ޢަމަލުކުރުމުން ސްކޫލުގައި އުޅޭއިރު، އެ ކުއްޖަކު ކުރިއަށްދާ ބޭނުންވާ ކަނޑައަޅަށް ވަރަށް ފަސޭހަވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *