Category: ޑްރާމާ

  • ރޭޑިއޯ ޑުރާމާ

    ރޭޑިއޯ ޑުރާމާ

    12އޭ

    ސުވާލު

    ނަޖުދާ އާއި އަފްރާދަކީ ހ.ދ ކުޅުދުއްފުށީގައި ދިރިއުޅެމުންދާ ދެމަފިރިންނެވެ. ކައިވެންޏަށް، 1 އަހަރުވީއިރު ނަޖުދާއިނީ ބަލިވެއެވެ. މިހާރު ބަނޑަށް 6 މަސްވެއްޖެއެވެ. ދެމަފިރިންވެސް ދިރިއުޅެމުންދަނީ 5 ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގައެވެ. ނަޖުދާ ބަނޑުބޮޑު ވުމުން ސިޑިން އަރައި ފައިބަން އުނދަގޫވާތީ ތިރީ ބުރީގައި ހުންނަ އެޕާޓުމަންޓަކަށް ބަދަލުކޮށްދެވޭނެ ގޮތެއް ހަދައިދޭށޭ އަފްރާދު ކައިރީގައި ކިޔާތާ 1 މަސްދުވަސް ވެއްޖެއެވެ. ނަމަވެސް، އެއްދުވަހަކު ނަޖުދާ ސިޑިން ފައިބަނިކޮށް ސިޑީގެ ހަރުފަތެއްގައި އަޅައިގަނެފައި ސިޑިންވެއްޓި ވަރަށް ބޮޑަށް އަނިޔާވިއެވެ. އަވަސްފަރުވާއަށް އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައެވެ. ޓެސްޓުތައް ހަދާފައި ބެލިއިރު ނަޖުދާގެ ބަނޑުގައިވާ ދަރިފުޅު އޮތީ ނިޔާވެފައެވެ. ޖެނެރަލް ވާރޑްގައި އެޑްމިޓްކޮށްފައި ވަނިކޮށް ނަޖުދާ މަންމަ އާއި ބައްޕަ ނަޖުދާ ކައިރިއަށް ދިޔައެވެ. އެތާނގައި އެމީހުންގެ ދޭތެރޭ ދެކެވުނު ވާހަކައިގެ މައްޗަށް ރޭޑިއޯ ޑްރާމާގެ ސީންއެއް ލިޔާށެވެ.

    ތަނާއި ވަގުތު:  ހޮސްޕިޓަލް ޖެނެރަލް ވާރޑް، މެންދުރު 12:36

    ބައިވެރިން:    ނަޖުދާ

              އަފްރާދު  

              އައިސަ ( ނަޖުދާ މަންމަ )

              މުހައްމަދު ( ނަޖުދާ ބައްޕަ )

     އެފްއެކްސް:  ހޮސްޕިޓަލް ވާރޑު ބޭރުގައި މީހުން ހިނގާ އަޑު

    އައިސަ:     (ބާރުހިނގުމެއްގައި އަންނަ އަޑު) (ފޭޑްއިން) (ހާސްވެފައި) ދަރިފުޅާ ނަޖުދާ؟

              ކިހިނެއްވީ؟  

    މުހައްމަދު:   (ހިނގާފައި ކައިރިއަށް އަންނައަޑު) (ފޭޑްއިން) ހެދެ ދަރިފުޅާ؟ ބައްޕަމެންނަށް

              އަދި މި ހަބަރުލިބުނީ

    ނަޖުދާ:     (ގިސްލާއަޑު)

    އަފްރާދު:    (ދެރަވެފައި) ނަޖުދާ ބަނޑުގައިއޮތް ދަރި…އަހަރެންގެ ދަރި…ނަޖުދާ ސިޑިން

              ވެއްޓިފައި (ގިސްލަންފެށުން)

    އައިސަ:     އޭނ؟ ކީކޭ؟ ތަންކޮޅެއް ސާފުވާގޮތަށް ބުނެބަލަ!

    އަފްރާދު:    ނަޖުދާ ބަނޑުގައި އޮތް ދަރިފުޅު… ދަރިފުޅު… މަރުވީ (ގިސްލާއަޑު)

    އައިސަ:     ލާ…

    މުހައްމަދު:   އޭނ؟…އަސްތަޣްފިރު ﷲ

    އައިސަ:    (ހިތްހަމަނުޖެހިފައި) މަންމަ އަފްރާދު ކައިރީ އޭރުވެސް ބުނިންދޯ ނަޖުދާ

             ބަނޑުބޮޑު ވީމަ މިހާރު ތިޔަ އުޅޭ މަތީ ބުރިން އަރައި ފައިބަން ނުޖެހޭ

             ގޮތަށް ތިރީ އެޕާޓުމަންޓަކަށް ބަދަލުވާށޭ!

    މުހައްމަދު:  އައިސާ…ދެން ތިޔަ ވާހަކަ ނުދައްކާ އައިސާ.

    އައިސަ:    މަށަށް ހެޔޮ! އެންމެ ކުޑަމިނުން މަގެއަށް ގެންނަން އުޅުނީމަވެސް އެކަމަކަށް

             އެއްބަހެއްނުވި! މަންމަ ބުނިގޮތް އަފްރާދު ހެދިނަމަ މިހެންނެއް ނުވީސް-

    މުހައްމަދު:   އައިސާ…ދެން ހަމަޖެހޭ!

    އައިސަ:    މަ ކިހިނެއް ހަމަޖެހޭނީ…އަހަރެންގެ ފުރަތަމަ މާމަދަރި…(ފުންނޭވާއެއް

             ލައިފައި)

    ނަޖުދާ:    ދެން އެވީ! ވެނިމިފަ އޮތްކަމެއް ދެނެއް ބަދަލެއް ނުކުރެވޭނެ!

    އަފްރާދު:   (ފުންނޭވާއެއްލައިފައި) އަހަރެންނަށް އެނގޭ މިއީ އަހަރެންގެ ފަރުވާ

             ކުޑަކަމުން ވީ ކަމެއްކަން

    މުހައްމަދު:  އަފްރާދު…މަންމަ ބުނި އެއްޗެހި ހިތަށް ނުނަގާތި އިނގޭ…އިހަށް މިގަޑީގަ

             ދޭ ގެއަށް ފެންވާރާ ނަމާދުކޮށްލާ ހަދަން. ބައްޕައާ މަންމައާ ނަޖުދާ ކައިރީގައި

             މަޑުކުރާނަން.

    އަފްރާދު:    އާނ ބައްޕާ

    އެފްއެކްސް:  ހިނގާފައި ދާ އަޑު (ފޭޑްއައުޓް)

  • ރޭޑިޔޯ ޑްރާމާ

    ރޭޑިޔޯ ޑްރާމާ

    އަޙުމަދު ރަޒާން އާދަމް، މުޙައްމަދު އައިމަން އާދަމް، މުޙައްމަދު އުނައިޝް، މަރިޔަމް އަޒްހާ މުޙައްމަދު- 12ސީ

    ސުވާލު:

    ރިފާއުއަކީ ވެޓަރަނަރީ ސައިންސް (ޖަނަވާރުތަކުގެ ބަލިތަކާ ބެހޭ) ދާއިރާއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ތައްޔާރުވެފައިވާ ޒުވާނެކެވެ. ސްކޮލާރޝިޕުގެ ދަށުން ރިފާއު ކިޔެވުމަށް ނިންމައިފައިވަނީ މެލޭޝިޔާގެ ޔުނިވާރސިޓީއަކުންނެވެ. މިއަދަކީ މެލޭޝިޔާއަށް ދިޔުމަށް ޓަކައި ރިފާއު މާލެ ދާން ހަމަޖެހިފައިވާ ދުވަހެވެ. ރިފާއު ފުރުވާލުމަށް އޭނާގެ އާއިލާ ކުޅުދުއްފުށި އެއާޕޯޓުގެ ފުރާ ގިމަތައިގައި ތިބެ،  ރިފާއު ފުރުމުގެ ކުރިން ޢާއިލާ މީހުން އޭނާ ގާތު ދައްކާނެ ވާހަކައަށް ބިނާކޮށް ރޭޑިޔޯ ޑްރާމާއެއްގެ މަންޒަރެއް ލިޔާށެވެ!

    މަންޒަރު       1   

    ތަނާއި ވަގުތު:    ކުޅުދުއްފުށި އެއާޕޯޓް / ހަވީރުގެ ވަގުތު

    ބައިވެރިން:      ރިފާއު

                 އައިމިނަތު (ރިފާއުގެ މަންމަ)

                 އާދަމް (ރިފާއުގެ ބައްޕަ)

                 ރަޒާނާ (ރިފާއުގެ ދައްތަ)  

    —————————————————————————————————————-

    އެފްއެކްސް:     (ޓްރޯލީ ދަމާ އަޑު، އުޅަނދުފަހަރު ދުއްވާ އަޑު، ދުރުދުރުން މީހުން ވާހަކަ ދައްކާ އަޑު)

    އައިމިނަތު:      (ދެރަވެފައި) ދަރިފުޅާ ރިފާއު. އެންމެފަހުން ފުރާ ދުވަސް ވެސް އައީ. ދަރިފުޅު ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ޙަޤީޤަތަކަށް ވާން ދެން އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަހެއް ނެތް.

    ރިފާއު:        (މަޑުމޮޅި ރާގަކަށް) ލައްބަ މަންމާ. ހީވެސް ނުކުރަން މި ދުވަސް މިހާ އަވަހަށް އަތުވެދާނެ ކަމަކަށް. އެންމެނާ ހާދަ ދުރަކަށޭ ދާން ވެސް މި ޖެހެ-

    އާދަމް:        (އަވަސްއަވަހަށް) ބައްޕަމެންނާ ކިތަންމެ ދުރަށް ދާން ޖެހުނަސް އެއީ މައްސަލައެއް ނޫން. މިއަދު ލިބިފައިވާ ތިވާ ފަހި ފުރުސަތުގެ ބޭނުންހިފައި މުޖުތަމަޢު ބަލައިގަންނާނެ މީހަކަށް ދަރިފުޅު ވުމަކީ ބައްޕަގެ އުއްމީދު.

    އައިމިނަތު:      (ނަސޭހަތުގެ ރާގަށް) މަންމަގެ އުއްމީދަކީ ވެސް ހަމަ އެއީ. މަންމަމެން ފަޚްރުވެރިވާފަދަ ޚިދުމަތްތެރި މީހަކަށް ދަރިފުޅުވުން. މިކަމާމެދެ ކުޑަ ވެސް ޝައްކެއް މަންމަ ނުކުރަން.

    ރިފާއު:        (ޖޯޝުގައި) މަންމައާއި ބައްޕަ ތިޔަ ކުރާ ފޮނި އުއްމީދުތައް ހާސިލްކުރެވޭތޯ ހިތްވަރާއެކު އަޅުގަނޑު ވަރަށް މަސައްކަތްކުރާނަން. (ސަމާސާ ރާގަކަށް) އެނބުރި އައިސް މި ރަށުގައި ވެސް ވެޓް ކުލިނިކެއް ހުޅުވާނަނަން!

    އެފްއެކްސް:     އެންމެން އެކީ ހޭ އަޑު.
    އާދަމް:        (ސުވާލުގެ ރާގަކަށް) ކޮބާތަ ރަޒާނާ؟ މިހާރު އަންނަހާއިރު ވެއްޖެއެއް ނޫންތަ؟

    ރިފާއު:        (ކަންބޮޑުވެފައި) ދޮންތިއަށް ގުޅަންވީ ދޯ.

    އައިމިނަތު:      ގުޅާނެ ކަމެއް ނެތް… (ހެވިފައި) އެހެރަ އަންނަނީ.

    އެފްއެކްސް:     (ފޭޑް އިން) ފިޔަވަޅުތަކުގެ އަޑު.

    ރަޒާނާ:        (އަވަސް އަވަހަށް) ލަސްވީ ދޯ. ދޮންތި ޑިޔުޓީ ނިންމި ގޮތަށް ހަމަ ސީދާ މިތަނަށް މިއައީ.

    ރިފާއު:        (ސަމާސާ ރާގަކަށް) ނޫނޭ ގަޑިޔަށް ދޮންތިއަށް ތި އާދެވުނީ. ނަސީބެއްނު ފުރުމުގެ ކުރިން އާދެވުނު ކަން ވެސް.

    ރަޒާނާ:        (ސަމާސާ ރާގަކަށް) އާނ ދެން ހެވޭ. މިއޮތީ ދޮންތިގެ ފަރާތުން ރިފައްކޮއަށް އޮތް ހަދިޔާއެއް. ދޮންތި ކުރިން ބޭނުންކުރި ކެމެރާ މި. މެލޭއަށް ގޮސް ވާނެ ރީތި ފޮޓޯތައް ނަގަން.

    ރިފާއު:        (އުފާވެފައި) ޝުކުރިއްޔާ ދޮންތީ! ހުރިހާ ފޮޓޮއެއް ވެސް އެންމެ ފުރަތަމަ ފޮނުވާނީ ދޮންތިއަށް.

    އެފްއެކްސް:     ފުލައިޓް ޖައްސާ އަޑު.

    އާދަމް:        (ވިސްނައިދޭ ރާގަކަށް) މިހާރު ފުލައިޓަށް އަރާ ގަޑި ވެސް ކައިރިވީ ދޯ. ބައްޕަ ވާނެ ތުއްދޮންގެ ނަންބަރު ދަރިފުޅަށް ފޮނުވާފައި. އެ ގޭގައި ހުންނަ ދުވަސްކޮޅު ވާނެ އެ ގޭގެ އެންމެނާ ވީހާވެސް ގުޅިގެން އުޅެން. ދަރިފުޅަށް މާލެ ދެވުނީމަ ގުޅާތި!

    އައިމިނަތު:      (ނަސޭހަތުގެ ރާގަކަށް) ދަރިފުޅު ގާތުގައި މަންމައާއި ބައްޕަ ނެތް ކަމުގައި ވިޔަސް ދީނީ ކަންކަމާ ދުރުނުވާތި. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރަން ސަމާލުވާތި. ޙަޤީޤީ ކާމިޔާބު ލިބެން އޮތީ އޭރަށް. ފަރުވާކުޑަކޮށްނުލައި ގަޑިންގަޑިއަށް ރަނގަޅަށް ކާތި.

    ރިފާއު:        (މަޑުމައިތިރިކަމާއެކު) ލައްބަ މަންމާ! ތި ހުރިހާ ކަމެއް ވެސް ތި ބުނި ގޮތަށް ކުރާނަން. މިހާރު އެންމެން ވެސް ވަންނަން ފަށައިފި. މަންމައާއި ބައްޕައާއި ދޮންތި މަތިން ވަރަށް ހަނދާންވާނެ. ހިތްހެޔޮ ކުރާތި.

    އެފްއެކްސް:     (ފޭޑް އައުޓް) ދާން ހިނގައިގަންނަ އަޑު.